- Advertisement -ad image

ކޮވިޑް އިން ދިފާއުވުމަށް ނޭފަތަށް އަޅާ ވެކްސިނެއް ތައްޔާރުކުރަނީ!

ad image

ގުޅުންހުރި ލިޔުންތައް

ކޮވިޑް-19 އިން ދިފާއުވުމަށް ތައްޔާރުކުރާ ނޭފަތަށް އަޅާ ވެކްސިންގެ ތިން ވަނަ ފޭސްގެ މަރުހަލާތައް ނިންމާލައިފި އެވެ.

އިންޑިޔާގެ ބާރަތު ބައޯޓެކް ކުންފުނިން އުފައްދާ މި ވެކްސިންގެ ކްލިނިކަލް ފޭސް 3 ގެ މަސައްކަތް ނިމި މިހާރު ދަނީ އިންޑިޔާގެ ޑްރަގްސް ކޮންޓްރޯލަރ ޖެނެރަލްއަށް ޑޭޓާތައް ހުށަހެޅުމުގެ މަސައްކަތް ކުރަމުންނެވެ.

މި ކުންފުނީގެ ޗެއާރމަން އަދި މެނޭޖިންގ ޑިރެކްޓަރ ޑރ. ކްރިޝަނާ އެލާ ބުނިގޮތުގައި މި ޕްރޮޖެކްޓްގެ ޑޭޓާ އެލައިސިސް ކުރަން ފަށާނީ އަންނަ މަހުގަ އެވެ. ހަމައެހެންމެ ހުރިހާ ކަމެއް ރަނގަޅަށް ގޮސްފި ނަމަ މި ވެކްސިން ލޯންޗް ކުރުމުގެ ހުއްދަ ވެސް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މި ވެކްސިން ތައްޔާރު ކުރުމުގެ ހުއްދަ ބައޯޓެކްއަށް ދީފައިވަނީ މި އަހަރުގެ ޖެނުއަރީގަ އެވެ. މި ވެކްސިން ކާމިޔާބު ވެއްޖެނަމަ ވެގެންދާނީ ކޮވިޑް-19 އިން ދިފާއުވުމަށް ނޭފަތަށް އަޅަން އުފައްދާ ފުރަތަމަ ވެކްސިނަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ