- Advertisement -ad image

ނިއު ދިއްލީގައި އެކަނިވެސް ކޮވިޑް ކޭސްތައް ހާހުން މަތީގައި

ad image

ގުޅުންހުރި ލިޔުންތައް

އިންޑިޔާގެ ނިއު ދިއްލީގައި އެކަނިވެސް ފާއިތުވި 5 ދުވަސްތެރޭގައި ކޮވިޑް-19 ކޭސަތައް ހުރީ ހާހުން މަތީގައި ކަމަށް ބުނެފި އެވެ.

ނިއު ދިއްލީގެ ސިޓީ ހެލްތް ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި އެ ސިޓީގައި ޕޮޒިޓިވްވާ ރޭޓް މިހާރު ހުރީ 7.71 އިންސައްތައިގަ އެވެ. އަދި އިއްޔޭގައި 1،534 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ތިން މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

ފާއިތުވި ހަތަރު މަސްތެރޭގައި އެންމެ ގިނައިން ދިއްލީގައި މީހުން ޕޮޒިޓިވް ވެފައިވަނީ ހުސްވި ހުކުރު ދުވަހުގަ އެވެ.

ދިއްލީގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރުނު ނަމަވެސް ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެއް ނުވެއެވެ. މިއީ އެ ސިޓީގައި ކޮވިޑް ކޭސްތައް 1،300 އިން މަތީގައި ހުރި ތިން ވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ