- Advertisement -ad image

ރަޝިޔާ-ޔުކްރޭން ހަނގުރާމަ އެތައް އަހަރަކަށް ދެމިގެން ހިނގައިދާނެ: ނޭޓޯ

ad image

ގުޅުންހުރި ލިޔުންތައް

ރަޝިޔާ އާއި ޔުކްރޭން އާއި ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމަ އެތައް އަހަރަކަށް ދެމިގެން ހިނގައިދާނެ ކަމުގެ އިންޒާރު ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާރގް ދީފިއެވެ.

ނޭޓޯއިން ވަނީ މި ހަނގުރާމައިގެ ސަބަބުން ކުރިއަށް އޮތްތަނުގައި ދަތިކަން އިތުރުވެދާނެ ކަމަށްވެސް ބުނެފަ އެވެ.

ދާދިފަހުން ޔުކްރޭނުން ވަނީ އެ ޤައުމުގެ މަރިއޮޕޯލްސް އަޒޯވްސްޓަލްސް ސްޓީލް ޕްލާންޓަށް ދިން ހަމަލާ ނާކާމިޔާބު ކޮށްލި ދެ ޔުކްރޭން ކޮމާންޑަރުން އިތުރު ތަހްގީގަށް ރަޝިޔާއަށް ޓްރާންސްފާ ކޮށްފަ އެވެ.

ޔުކްރޭންގެ ލުހާންސްކް އަވަށުގެ ގަވަރުނަރު ސާރހީ ހައިދައި ބުނިގޮތުގައި އެމީހުން މިހާރު ދަނީ އެންމެ ނުރައްކާތެރި ހާލަތަށް ތައްޔާރުވަމުންނެވެ. އަދި ޔުކްރޭންގެ ރައީސް ވްލެޑްމިޔަރ ޒެލެންސްކީ ވަނީ މި ހަނގުރާމަ ޔުކްރޭނުން ކާމިޔާބު ކުރާނެ ކަމަށް ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ