- Advertisement -ad image

އުމުރުން ދުވަސްވީ މީހުންނަށް އެހީވުމަށް އިލެކްޓްރިކް ސްކޫޓަރ ވެސް މިފަހަރުގެ ހައްޖުގައި ބޭނުން ކުރާނެ!

ad image

ގުޅުންހުރި ލިޔުންތައް

އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ގިނަ އަދަދެއްގެ އިލެކްޓްރިކް ސުކޫޓަރު މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބޭނުން ކުރަން ނިންމައިފިއެވެ.

ހަބަރުތައް ބުނާ ގޮތުން ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަމުގައި ބައިވެރިވާ އުމުރުން ދުވަސްވީ މިީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބޭނުމަށްޓަކައި 2000 އެއްހާ އިލެކްޓްރިކް ސުކޫޓަރުވެސް މިއަހަރު ބޭނުން ކުރާނެއެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމަށް މިހާރުވެސް 150،000 ހާހަށްވުރެ ގިނަ ހައްޖުވެރިން ހޯމަ ދުވަހުގެ ނިޔަލަށް ވަނީ މައްކާއަށް ގޮސްފައެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 65 އަހަރުން މަތީގެ މީހުން ބައިވެރި ނުކުރާ ގޮތަށަ ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ. މިއަހަރުގެ ހައްޖު ދުވަހަކީ ޖުލައި 8 ވަނަ ދުވަހެވެ.

ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގުރޫޕު ފުރާނީ މިމަހުގެ 26 ވާ އާދިއްތަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ