ރަޝިޔާ-ޔުކްރޭން ހަނގުރާމައިގައި ރަޝިޔާއިން ޔުކްރޭންގެ ހަރްކީވް ސިޓީއަށް ދިން ހަމަލާގައި 15 މީހުން މަރުވެއްޖެ އެވެ.
ރިޕޯޓްތަކުން ބުނާގޮތުގައި މި މަރުވި 15 މީހުންގެ ތެރޭގައި އަށް އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެ އެވެ. އަދި 16 މީހަކަށް ދަނީ މި ހަމަލާތަކުގައި ޒަހަމްވެގެން ފަރުވާ ދެމުންނެވެ.
ހަރްކީވް އަކީ އެންމެ ފުރަތަމަ ރަޝިޔާއިން ޔުކްރޭނަށް ހަމަލާ ދޭން ފެށުމުން ޔުކްރޭންގައި ދިރިއުޅޭ މީހުން ފިލަންދިޔަ ބޯޑަރު ސަރަހައްދެވެ.
ހަރްކީވްއަށް ރަޝިޔާއިން ވަނީ 4 ފަހަރެއްގެ މަތިން ހަމަލާދީފަ އެވެ. އެގޮތުން ހާރްކިވްސިޓީ އާއި 30 ކިލޯމީޓަރު ދުރުގައި އޮންނަ ޗު ގުއިވް ސިޓީއަށް ރަޝިޔާގެ ސިފައިން ހަމަލާދީ ވަނީ ހަ މީހަކު މަރާލާ 4 މީހަކު ޒަހަމް ކޮށްލާފަ އެވެ.
މި ހަމަލާތަކުގައި މަރުވި އަށް އަހަރުގެ ފިރިހެން ކުއްޖާގެ މަންމަވެސް ޒަހަމް ވުމުގެ ސަބަބުން އަންނަނީ ފަރުވާ ދެމުންނެވެ.
މި ހަމަލާތަކައި ގުޅިގެން ޔުކްރޭނުން ވަނީ މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބުނެފަ އެވެ. އަދި ރޝިޔާއިން ހިންގާ މި ލާއިންސާނީ އަމަލުތަަކަކީ ބޮޑު ޖަރީމާއެއް ކަމަށާއި މިކަމުގެ އަދަބު ދެވެން ޖެހޭނެކަމަށް ޔުކްރޭނުން ވަނީ ބުނެފަ