- Advertisement -ad image

ޕާކިސްތާނުގައި ރޭޕް ކޭސްތައް ގިނަވެ، އެމަރޖެންސީ އިއުލާން ކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގެ ޕަންޖާބުގައި ކުޑަކުދިންނާއި އަންހެނުންގެ ރޭޕް ކޭސްތައް ގިނަވެގެން ކުއްލި އެމަރޖެންސީ އިއުލާން ކޮށްފި އެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަންޖާބުގެ ހޯމް މިނިސްޓަރ އައްޓާ ތަރާރް ވަނީ މިފަދަ ކޭސްތައް އިތުރުވުމަކީ ސީރިއަސް މައްސަލައެއް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ރޭޕްއާ ގުޅުންހުރި ފަސް ވަރަކަށް ކޭސް ރިޕޯޓްކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މިކަން ހައްލުކުރުމަށް ކުރާ މަސައްކަތުގައި ސިވިލް ސޮސައިޓީ، އަންހެނުންގެ ހައްގުތަކަަށް މަސައްކަތްކުރާ ޖަމިއްޔާތައް، ޓީޗަރުން އަދި ވަކީލުންވެސް ބައިވެރިވާނެ އެވެ. މީގެއިތުރުން ބެލެނިވެރިންވެސް ރޭޕް އާ ދެކޮޅަށް ދަރިންނަށް ހޭލުންތެރިކުރުވުމަށް އޭނާ ވަނީ އެދިފައެވެ.

ޕަންޖާބުގައި ރޭޕް ކޭސްތައް މަދުކުރުމަށް މިހާރުވަނީ “އެންޓި ރޭޕް” ކެމްޕެއިނެއް ފަށާފަ އެވެ. މި ކެމްޕެއިންގެ ދަށުން ސްކޫލްތަކުގައި ކިޔަވާ ކުދިންނަށް އަމާޒުކޮށް ރޭޕް އާ ދެކޮޅަށް ހޭލުންތެރިކުރުވުމުގެ ސެޝަންތައް ހިންގޭނެ އެވެ.

ޕާކިސްތާނުގައި ކޮންމެ އަހަރަކުވެސް 5،000 އަށްވުރެ ގިނަ ރޭޕް ކޭސްތައް ރިޕޯޓް ކުރެއެވެ. މީގެތެރޭގައި އުމުރުން ދުވަސްވީ އންހެނުންނާއި އަދި ހަ މަހުން ދަށުގެ ކުޑަކުދިންވެސް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ