- Advertisement -ad image

އަފްޤާނިސްތާނަށް އައި ބިން ހެލުމެއްގައި ހާހަކަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

އަފްޤާނިސްތާނަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަރުވި މީހުންގެ އަދަދު ހާހަކަށް ވުރެ މައްޗަށް އަރައިފި އެވެ.

އިއްޔެ 5.9ގެ ބާރުމިނުގައި އެ ޤައުމުގެ އިރުއުތުރަށް އައި މި ބިންހެލުމުގެ ސަބަބުން އެތައް ގެއެއް ވަނީ ސުންނާފަތިވެ ބިމާހަމަވެފަ އެެވެ. މިއީ ތާލިބާނުން އެ ޤައުމަށް ވެރިވެގެން ފަހުން ދިމާވި މިފަދަ ފުރަތަމަ އިންސާނީ ކާރިސާ އެވެ.

އަފްޤާނިސްތާނަށް ތާލިބާނުންގެ ބާރު ފޯރުވި ހިސާބުން އެ ޤައުމުގެ ހާލަތު އޮތީ ވަރަށް ދަށްކޮށެވެ. އެގޮތުން ކާބޯތަކެތި ނުލިބި ގިނަބަޔަކު ދަނީ ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުންނެވެ.

މި ބިންހެލުން އައިސްފައިވަނީ ޕާކިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ ޙޮސްޓް ސިޓީ ސަރަހައްދަށެވެ.

މި ބިން ހެލުމުގެ ސަބަބުން 1500 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި މި އަދަދު އިތުރުވާނޭކަމަށް އޮފިޝަލުން ލަފާ ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ