- Advertisement -ad image

މޮޑެރްނާގެ ބޫސްޓާ ޑޯޒްއިން އޮމިކްރޯނުން ދިފާއުކޮށްދޭ

ad image

ގުޅުންހުރި ލިޔުންތައް

މޮޑެރްނާގެ އެންމެ ފަހުން އުފެއްދި ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމުން އޮމިކްރޯނުން ދިފާއުކޮށްދޭނެކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޓޫ-އިން-ވަން އެއް ގޮތަށް އުފައްދާ މި ވެކްސިން އުފައްދާފައިވަނީ ކޮރޯނާވައިރަސް އިތުރުން މީގެ އިތުރު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯންއަށް ވެސް ރައްކާތެރިކަން ލިބޭ ގޮތަށެވެ. ހަމައެހެންމެ އޮމިކްރޯންގެ އިތުރު ވޭރިއަންޓް ތަކެއް ކަމަށްވާ BA.4 އަދި BA.5އަށް ވެސް މި ވެކްސިނުން ރައްކާތެރިކަން ލިބެއެވެ.

އެމެރިކާގައި މި ހަފްތާގައި އެކަނިވެސް BA.5 ގެ 23.5 އިންސައްތަ ކޭސް ފެނިފައި ވެއެވެ. އަދި BA.4 ގެ 11.4 އިންސައްތަ ކޭސް ފެނިފަްި ވެއެވެ.

މޮޑެރްނާގެ ޗީފް މެޑިކަލް އޮފިސަރ ޕައުލް ބާރޓަން ވިދާޅުވީ މި ވެކްސިނުން ދިފާއީ ނިޒާމު އިހުނަށްވުރެ ވެސް ބާރުގަދަ ކޮށްދޭ ކަމަށެވެ.

އެމެރިކާއިން ދާދިފަހުން ވަނީ އުމުރުން 6 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ދޭން ފަށާފައެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ