- Advertisement -ad image

ބަންގްލަދޭޝްގެ އެންމެ ދިގު ބްރިޖު ހުޅުވައިފި

ad image

ގުޅުންހުރި ލިޔުންތައް

ބަންގްލަދޭޝްގައި މިހާތަނަށް އެޅި އެންމެ ދިގު ބްރިޖު އެ ޤައުމުގެ ބޮޑު ވަޒީރު ޝެއިޙް ހަސީނާ ހުޅުވައިދެއްވައިފި އެވެ.

ޕަދްމާ ކޯރުގެ މަތިން އަޅާފައިވާ މި ބްރިޖަަކީ 4 ބިލިއަން ޑޮލަރު ބިޔަ ޕްރޮޖެކްޓެކެވެ. އަދި މި ބްރިޖު މެދުވެރިކޮށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އާއި މެދުއިރުމަތީގެ ސަރަހައްދުތައް ދްތުރުފަތުރުގެ ނިޒާމުން ގުޅުވާލެވޭނެ އެވެ.

ޕަދްމާ ބްރިޖުގެ ނަމުން ނަންދީފައިވާ މި ބްރިޖު ފާހަގަކޮށްފައިވަނީ “ޤައުމީ އިއްޒަތުގެ ނިޝާނެއް”ގެ ގޮތުގައެވެ.

މި ބްރިޖުގެ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. ޖުމްލަ 6.15 ކިލޯމީޓަރު ދިގުމިން ހުންނަ މި ބްރިޖުގެ އެހީގައި ބަންގްލަދޭޝްގެ 15 ޑިސްޓްރިކްޓެއް އަދި ޑާކާ ވަނީ މަގުން އަދި ރޭލުގެ އެހީގައި ގުޅުވާލާފަ އެވެ.

މިއީ ބަންގްލަދޭޝްއިން މިހާތަނަށް މިހާބޮޑު ހަރަދެއް ކޮށްގެން ފުރިހަމަ ކުރި ފުރަތަމަ ޕްރޮޖެކްޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ