ސައުދީ އަރަބިޔާގައި 13 އަހަރުގެ ގައިދީއަކަށް މަރުގެ ހުކުމް އިއްވާފައި ވަނިކޮށް މިނިވަން ކޮށްފި އެވެ.
އުމުރުން 13 އަހަރުގައި ހައްޔަރުކުރި މުރުތަޖާ ގުރޭރިސް އަކީ މިހާތަނަށް ސައުދީގައި މަރުގެ ހުކުމް އިއްވި އެންމެ ހަނގު ގައިދީ އެވެ. މުރުތަޖާ ހައްޔަރުކޮށް މަރުގެ ހުކުމް އިއްވާފައިވަނީ 2011 ވަނަ އަރަބް ސްޕްރިންގްގައި ހިންގި ހަމަނުޖެހުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ. އޭނާ ހައްޔަރުކުރީ 2014 ވަނަ އަހަރުގަ އެވެ.
ގުރޭރިސް އަކީ ސިޔާސީ މުޒާހަރާއެއްގައި ވެސް ބައިވެރިވި އެންމެ ހަނގު ގައިދީ އެވެ. ދީނީ ހަމަނުޖެހުން ތަކެއްގެ ތެރެއިން ހިންގި މުޒާހަރާގައި ބައިވެރިވި ގިނަ ބަޔަކަަށް ވަނީ މަރުގެ ހުކުމް ތަންފީޒް ކޮށްފަ އެވެ.
ނަމަވެސް އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާއަކުން ބުނާގޮތުގައި ގުރޭރިސްއަށް ހުކުމް ނުއިއްވާ ވަނީ ގިނަ އަހަރުތަކެއް ވަންދެން ހައްޔަރުގައި ބަހައްޓާފަ އެވެ. ގުރޭރިސް ޖަލުން މިނިވަން ކުރިއިރު އޭނާ އަކީ މިހާރު ޒުވާނެކެވެ.
އެތައް އަހަރެއް ވަންދެން ހައްޔަރުގައި ބެހެއްޓުމަށްފަހު އެންމެ ފަހުން ސައުދީއިން ވަނީ ގުރޭރިސްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އަދި އޭނާގެ ބޭބެ އާއެކުވެ ޕޮލިސް ސްޓޭޝަން އަށް ޕެޓްރޯލް ބޮން އުކިކަމުގެ ތުހުމަތުވެސް ކޮށްފަ އެވެ. އަދި ޕްރޮސެކިއުޓަރ ވަނީ ގްރޭރިސްގެ މައްޗަށް މަރުގެ ހުކުމް އިއްވައިދިނުމަށް އެދިފަ އެވެ.
އެހެންނަމަވެސް އެހާ ޅަ އުމުރުގައި ހައްޔަރުކޮށް ޖަލުގައި ގެންގުޅުމުން އޭނާަގެ މައްޗަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށް ގުރަެރިސްވަނީ މިނިވަން ކޮށްދީފަ އެވެ.