- Advertisement -ad image

މުއްސަނދި ގައުމުތަކަށް ރަޝިޔާއިން ރަން އެތެރެކުރުން މަނާ ކުރަނީ!

ad image

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ ބައެއް މުއްސަނދި ގައުމުތަކުން ރަޝިޔާއިން ރަން އެތެރެކުރުމަށް ހުއްދަދިނުން ހުއްޓާލައިފި އެވެ.

އެގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ އެ ޤައުމަށް ވެސް ރަޝިޔާއިން ރަން އެތެރެ ނުކުރަން ނިންމާފައިވާ ކަމަށެވެ. 2021 ވަަނަ އަހަރުވެސް 15.5 ބިލިޔަން ޑޮލަރުގެ ރަން ރަޝިޔާއިން ވިއްކާފައި ވެއެވެ.

ބައިޑެން އަދި ޖީ7ގެ އިތުރު ލީޑަރުން މިހާރުވެސް ދަނީ ރަޝިޔާ އާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ގޮތްތަކާއި މެދު މަޝްވަރާ ކުރަމުންނެވެ. އެގޮތުން ރަޝިޔާއިން ޔުކްރޭނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުމާއި ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

ބައިޑެން ބުނިގޮތުގައި ޖީ7ގެ ލީޑަރުންގެ މެދުގައި މިހާރު މަޝްވަރާ ކުރެވިފައި އޮތީ ރަޝިޔާއިން ވިއްކާ ރަން ވަގުތީ ގޮތުން އެތެރެކުރުން ހުއްޓާލުމަށެވެ. މިކަމުގެ ސަބަބުން ރަޝިޔާއަށް އެތައް ބިލިޔަން ޑޮލަރުގެ ގެއްލުން ވާނޭކަމަށް ބައިޑެން ވަނީ ބުނެފަ އެެވެ.

ރަޝިޔާ އާ މެދު މީގެ ކުރިން ޔޫއެން އިން ވަނީ ފިޔަވަޅު އަޅާފަ އެވެ. އެގޮތުން އެ ޤައުމުން ތެޔޮ ގަތުން ވަގުތީގޮތުން ހުއްޓާލުމަށް ޤައުމުތަކަަށް ޔޫއެންއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ