ޖޯޑަންގެ އަގަބާ ބަނދަރުގައި ހުންނަ ސްޓޯރޭޖް ޓޭންކަކުން ވިހަ ގޭސް ލީކުވުމުން 12 މީހަކު މަރުވެ 260 މީހުންނަށް އަނިޔާވެއްޖެ އެވެ.
އެ ހިސާބުގައި ހުރި ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި މި ވިހަ ގޭސް ލީކް ވެފައިވަނީ ކްރޭންއަކުން ކޮންޓެއިނަރު އުފުލުމުގެ ތެރޭގައި ކޮންޓެއިނަރު ވެެއްޓުމުގެ ސަބަބުންނެވެ. އަދި ވެއްޓުނު ވަގުތު ކޮންޓެއިނަރުގެ ތެރެއިން ރީދޫ ކުލައިގެ އޮލަ ދުންތަކެއް ވަނީ ނުކުމެފަ އެވެ.
ކޮންޓެއިނަރު ވެއްޓުމާއެކު މީހުންތައް ވަނީ އެއާ ދުރަށް ދުވަން ފަށާފަ އެވެ.
ޢަޤަބާ ރީޖަން ޕޯޓްސް އޮތޯރިޓީން ބަނދަރު ހިންގާ ކުންފުނީގެ ކުރީގެ ވެރިޔާ މުހައްމަދު އަލް މުބައިދީންއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފައިވާގޮތުގައި އެ ހާދިސާ ހިނގިއިރު، އެ އުޅަނދަށް އިތުރު 20 ކޮންޓެއިނަރުގެ “ވަރަށް ބޮޑު އިންސައްތައެއް ކްލޮރިން ހިމެނޭ، ލިކުއިފައިޑް ގޭސް ބަރުކުރަން ނިންމާފައޮތެވެ.
އެ ސިޓީގެ ސިއްހީ އިދާރާތަކުން އިލްތިމާސްކޮށްފައި ވަނީ ކުޑަދޮރުތައް ބަންދުކޮށް ހުރިހާ އެންމެންވެސް ގޭގައި ތިބުމަށެވެ. އަދި އެ ބަނދަރު ސަރަހައްދު އޮތީ މިހާރު ކަރަންޓީނު ކޮށްފަ އެވެ.