- Advertisement -ad image

ތައިލެންޑަށް ދިޔަ އަންހެނެއްގެ ދަބަހުން 100އަށްވުރެ ގިނަ ދިރޭ ޖަނަވާރު ފެނިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

100އަށްވުރެ ގިނަ ދިރޭ ޖަނަވާރު ދަބަހަށް އަޅައިގެން ދަތުރުކުރަން އުޅުނު ދެ އަންހެނަކު ބެންކޮކް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

މި ދެމީހުންގެ ދަބަހުގައި ދިރޭތަކެތި އުޅޭކަން ފާހަގަވީ އެއާޕޯޓުގެ އެކްސްރޭ މެޝިނުގެ އެހީގަ އެވެ. އަދި ބެލިބެލުމުން ކަނޑު އަދި އެއްގަމުގައި ދިރިއުޅޭ ޖުމްލަ 109 ވައްތަރެއްގެ ޖަނަވާރު ވަނީ މި ދެމީހުންގެ ދަބަހުން ފެނިފަ އެވެ.

ދަބަހުން ފެނިފައިވަނީ 2 ޕޮރކިއުޕައިންސް، 2 އާރމަޑިލޯސް، 35 ވެލާ، 50 ބޮނޑު، 20 ހަރުފަ އެވެ. ތައިލެންޑް ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ދެ ދަބަސް ހިފައިގެން ދަތުރުކުރަން އުޅެފައިވަނީ އިންޑިޔާ ދެ އަންހެނުންނެވެ.

މި ދެ އަންހެނުން ވަނީ މިހާރު ބެންކޮކް ފުލުހުން ހައްޔަރުކޮށްފަ އެވެ. އަދި މި މީހުންގެ މައްޗަށް ޤަވާއިދާއި ހިލާފަށް ޖަނަވާރު ހިފައި އެ ޤައުމުން ބޭރުކުރަން އުޅުނުކަމުގެ ދައުވާ އުފުލާފަ އެވެ.

މީގެކުރިންވެސް ބެންކޮކް އެެއާޕޯޓުން ވަނީ މިގޮތަށް ޖަނަވާރު އެ ޤައުމުން ބޭރުކުރަން އުޅުނު އިންޑިޔާ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ

This will close in 5 seconds