- Advertisement -ad image

ކޮވިޑްގެ އިތުރު ރާޅަކާއެކު ޗައިނާގެ 1.7 މިލިއަން މީހުން ލޮކްޑައުންއަށް

ad image

ގުޅުންހުރި ލިޔުންތައް

ޗައިނާގެ ސެންޓްރަލް އަންހުއި ޕްރޮވިންސްގައި ކޮވިޑް-19 ކޭސްތައް ގިނަވެ 1.7 މިލިޔަން މީހުންނާއެކު އަނެއްކާވެސް ލޮކްޑައުން ކޮށްފި އެވެ. އެ އަވަށުގައި އެކަނިވެސް މިއަދުވަނީ 300 ކޮވިޑް ކޭސް ރިޕޯޓްކޮށްފަ އެވެ.

ޗައިނާގައި ކޮވިޑް ޕެންޑަމިކްގެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަމަލުކުރަމުންދަނީ ވަރަށް ހަރުކަށި ކޮށެވެ. އެގޮތުން އެ ޤައުމުގެ ގިނަ އަވަށްތަކެއް ލޮކްޑައުންގައި އޮތުމަށްފަހު އާއްމު ހާލަތަށް ރުޖޫއަވީ ދާދި ފަހުންނެވެ.

އަންހުއީ ގައި މިދިޔަ ހަފްތާގައިވެސް ކޮވިޑް ކޭސްތައް ހުރީ ސަތޭކައިގައެވެ. ނަމަވެސް މި ހަފްތާގައި އެ އަދަދު ވަނީ 300އަށް އަރާފަ އެވެ. މީގެ އިތުރުން ސިޒިއަން އަދި ލިންގބީ އަވަށް ވެސް މިދިޔަ ހަފްތާގައި ވަނީ ލޮކްޑައުން ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ