- Advertisement -ad image

މިއަހަރު ހައްޖު ހުތުބާ ދެއްވާނީ ކޮންބޭފުޅެއް؟

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ 1443 ވަނަ އަހަރު ހައްޖު ހުތުބާ ދެއްވުމަށް ހަމަޖެހިފައިވަނީ ޑރ މުހައްމަދު ބިން އަބްދުލް ކަރީމް އަލް އިއްސާ ކަމަށް ސައުދީ އަރަބިޔާގެ ސަރުކާތުން ވަނީ އިއުލާންކޮށްފައެވެ.

ޑރ މުހައްމަދު ބިން އަބްދުލް ކަރީމަކީ މުސްލިމް ވޯލްޑް ލީގުގެ ސެކެރެޓަރީ ޖެނެރަލްއެވެ.
ހައްޖު ދުވަހުގެ ހުތުބާ ދެއްވާނީ މަސްޖިދުއް ނަމިރާއިިންނެވެ.

މިއަހަރުގެ ހައްޖު ހުތުބާ 14 ބަހަކަށް ތަރުޖަމާ ކުރާނެކަން ސައުދީ ސަރުކާރުން ހާމަކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ހައްޖު ހުތުބާ ތަރުޖަމާ ކުރީ 10 ބަހަކުން ނަމަވެސް މިއަހަރު އިތުރު ހަތަރު ބަހަކަށް ހުތުބާގެ ތަރުޖަމާ ގެނެސްދިނުމަށް ނިންމާ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް ހާމަކުރެއެވެ.
މިއަހަރު އަލަށް ހައްޖު ހުތުބާ ތަރުޖަމާ ކުރާނީ ސްޕެނިޝް، ހިންދީ، ޓަމިލް އަދި ސަވާހްލީ ބަހަށެވެ.
މިއަހަރުގެ ހައްޖު ދުވަހަކީ 8 ޖުލައި ވާ ހުކުރު ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ