ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ރައީސްކަމުން އިސްތިއުފާދީފިއެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޮޓަބަޔާ އިސްތިއުފާދެއްވި ކަމުގެ ސިޓީ މީގެ ކުޑަ އިރުކޮޅެއް ކުރިން ވަނީ މަޖިލީހުގެ ރައީސަށް އީމެއިލްކޮށްފައެވެ. ގޮޓަބަޔާ ވަނީ މިހަފުތާތެރޭ ފިލައިގެން ރާއްޖެ އައިސްފައެވެ.
އަދި މިއަދު ސައުދީ އެއަރލައިނުން ގޮޓަބަޔާ ވަނީ ސިންގަޕޫރަށް ގޮސްފައެވެ.