- Advertisement -ad image

ނުރައްކާތެރި މާބަގް ވައިރަސް ފެނިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

އެބޯލާ އާއިލާއަށް ނިސްބަތްވާ ނުރައްކާތެރި މާބަގް ވައިރަހުގެ ފުރަތަމަ ކޭސް ގާނާއިން ރިޕޯޓްކޮށްފި އެވެ.

ގާނާގެ އަޝަންތީ ރީޖަންއިން މާބަގް ވައިރަހަށް ޕޮޒިޓިވްވި ދެ މީހުން ވެސް ވަނީ މަރުވެފަ އެވެ. އަދި މި ކޭސް އާ ގުޅިގެން މިހާތަނަށް 98 މީހަކު ވަނީ ކަރަންޓީނު ކޮށްފަ އެވެ.

މާބަގް ވައިރަހަށް ދޭނެ ފަރުވާއެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. ނަމަވެސް ވައިރަހަށް ޕޮޒިޓިވްވާ މީހުން ގިނައިން ފެން ބުއިމުން މީގެ ނުރައްކާ ކުޑަކޮށްދޭކަމަށް ބައެއް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

މިއީ ވާލުގެ ޒަރިއްޔާއިން އިންސާނުން ގަޔަށް އަރާ ބައްޔެކެވެ. އަދި ބަލި ޖެހުމަށް ފަހު، ކުޅު ފަދަ އެއްޗެހީގެ ޒަރިއްޔާއިން މި ބަލި އެކަކު އަނެކެއްގެ ގަޔަށް ފެތުރެއެވެ.

މި ބަލިގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ބޮލުގައި ރިއްސުން، ހުން އައުން، ގައިގެ މަސްތަކުގައި ރިއްސުން، ލޭ ހޮޑަށް ލެވުން، އަދި ލޭ ފޭބުމެވެ.

އެންމެ ފުރަތަމަ މި ވައިރަސް ދުނިޔެއިން ފެނިފައިވަނީ 1967 އަހަރު ޖަރުމަނުންނެވެ. އެ ފަހަރު މި އައުޓްބްރޭކްގައި ވަނީ 7 މީހުން މަރުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ