- Advertisement -ad image

ދަރިފުޅު ރޭޕްކުރަން އުޅުމުން ލޯބިވެރިޔާގެ ޖިންސީގުނަވަން ބުރިކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް

އިންޑިޔާގެ އަންހެނަކު އޭނާގެ ލޯބިވެރިޔާގެ ޖިންސީގުނަވަން ބުރިކޮށްލައިފި އެވެ.

އުމުރުން 36 އަހަރުގެ މި އަންހެންމީހާ އޭނާގެ ލޯބިވެރިޔާގެ ޖިންސީގުނަވަން ބުރިކޮށްލީ، އަންހެން މީހާގެ ފުރާވަރަށް އަރާ އަންހެން ދަރިފުޅު ރޭޕްކުރަން އުޅުމުންނެވެ.

މި އަންހެން މީހާއަކީ ދަނޑުވެރިކަން ކުރާ މީހެކެވެ. އޭނާކުރިން ކައިވެނިކޮށްގެން އުޅުނީ މަސްތުވާތަކެތި ބޭނުންކުރާ މީހަކާއެވެ. އެ ކައިވެނި ރޫޅާލުމަށްފަހު މިހާރުގެ ލޯބިވެރިޔާއާއެކު މި އަންހެން މީހާ ދިރިއުޅޭތާ ދެ އަހަރުވެއްޖެ އެވެ.

މި އަންހެން މީހާ ބުނިގޮތުގައި އޭނާގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅާއި ލޯބިވެރިޔާ ބެހެން އުޅުނުތަން ފެނުނީ ދަނޑުގައި އުޅުމަށްފަހު ގެއަށް އައި ވަގުތުގަ އެވެ. އަދި ދަރިފުޅު ސަލާމަތްކުރަން އުޅުމުން މި އަންހެން މީހާއަށްވެސް އޭނާގެ ލޯބިވެރިޔާ ވަނީ ހަމަލާދީފަ އެވެ.

މި އަންހެންމީހާ ވަނީ އެންމެ ފަހުން ބަދިގޭގައި އޮތް ވަޅިއެއް ހިފައިގެން އައިސް ލޯބިވެރިޔާގެ ޖިންސީ ގުނަވަން ބުރިކޮށްލާފަ އެވެ.

އަންހެން މީހާ ވަނީ އޭނާގެ ލޯބިވެރިޔާއަށް ހަމަލާދިނުމަށްފަހު އެކަމާ ކުޑަކޮށް ވެސް ދެރަނުވާކަމަށް ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

5 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ