- Advertisement -ad image

ޓުވިޓަރ ގަތުމުގެ އޮފަރއެއް އެލަން މަސްކް ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް

ސޯޝަލް މީޑިއާ އެޕްލިކޭޝަން ޓުވިޓަރ ގަތުމުގެ ޝައުގުވެރިކަން އެލަން މަސްކް ފާޅުކޮށްފިއެވެ.

ޓެސްލާގެ ބޮސް އެލަން މަސްކް ބުނެފައިވަނީ ސޯޝަލް މީޑިއާ އަންލޮކް ކުރުމަށް އެންމެ އެކަށޭނެ މީހަކީ އޭނާ ކަމަށާއި އެކަމަަށް އެންމެ ގާބިލް މީހަކީވެސް އޭނާ ކަމަށެވެ.

އެލަން މަސްކް އަކީ މިވަގުތުވެސް ޓުވިޓަރގެ އެންމެ ބޮޑު އެއް ޝެއާރ ހޯލްޑަރެވެ. ޓުވިޓަރ ގަތުމަށް އޭނާ ހުށަހެޅި އެޮފަރ ގަބޫލުނުކޮށްފިނަމަ އަލުން ޓުވިޓަރގެ ޝެއަރ ހޯލްޑަރެއްގެ ގޮތުގައި ހުންނާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ޓުވިޓަރގެ ބޯޑުން ބުނެފައިވަނީ އެލަންގެ މި ޕްރޮޕޯސަލާ ގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާކޮށް އެ ކުންފުންޏަށް އެންމެ ރަނގަޅުގޮތް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފޯރބްސް މެގަޒިންގައި ބުނެފައިވާ ގޮތުން އެލަން މަސްކް އަކީ ދުނިޔޭގެ އެންމެ މުއްސަނދި އެކަކެވެ. އެގޮތުން އޭނާގެ މިލްކިއްޔާތުގައި 219 ބިލިއަން ޑޮލަރު އެބަހުއްޓެވެ. އެލަންއަށް އެންމެ ބޮޑު ޕްރޮފިޓެއް ލިބެމުން އަންނަނީ އިލެކްޓްރިކް ވެހިކަލް މޭކަރ ޓެސްލާއިންނެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ