- Advertisement -ad image

19 އަހަރުގައި އުމުރުން 70 އަހަރުގެ މީހަކަށް ހިތްދެވި ކައިވެނި ކޮށްފި!

ad image

ގުޅުންހުރި ލިޔުންތައް

ލޯބިވާން ވަކި އުމުރެއް ނޯންނަކަމަށް ބުނާ ވާހަކައަކީ ދޮގެއް ނޫނެވެ. ޕާކިސްތާނުގެ މި ޖޯޑަށްވެސް ވެވިފައި މިވަނީ މިކަހަލަ ލޮތްބެކެވެ.

އުމުރުން 70 އަހަރުގެ މި ފިރިހެން މީހާ އާއި 19 އަހަރުގެ އަންހެން ކުއްޖާ ކައިވެނި ކުރީ ހަގީގަތުގައި ވެސް ލޯބިވެގެންނެވެ. ޔޫޓިއުބްގައި މި ކަހަލަ ވާހަކަތައް ގެނެސްދޭ މަޝްހޫރު ޔޫޓިއުބަރ ސައީދު ބާސިތު އަލީގެ މި ވީޑިޔޯއަށް ވެސް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފަ އެވެ.

މުޖުތަމައުން ކިޔާނެ ފާޑުކިޔުންތަކަށް ފުރަގަސްދިނުމަށް ފަހު މި ޖޯޑު ކައިވެނިކޮށްފައިވަނީ ޕާކިސްތާނުގެ ލާހޯރުގަ އެވެ. ޔޫޓިއުބަރ ސައީދު ބާސިތު ބުނެފައިވާ ގޮތުގައި މި ބޭބެގެ ހިތް އަދިވެސް ވަރަށް ޒުވާނެވެ.

49 އަހަރުގެ އުމުރުގެ ފަރަގުހުރި ލިޔާގަތު އާއި ޝުމައިލާ ބައްދަލުވެފައިވަނީ ޕާކަށް ޖޮގިންއަށް ގޮސް އުޅުމުގެ ތެރޭގަ އެވެ. އަދި ޝުމައިލާގެ ރުހުން ހޯދަން ލަވަ ކިޔައިދީ ފަހަތުން ހިނގާ އެތައް މަސައްކަތަކުން ލިޔާގަތުވަނީ ޝުމައިލާގެ ހިތް އަތުލާ އޭނަގެ އަތްބަކަށް ވެސް ހަދާފަ އެވެ.

މި ކައިވެންޏަށް ޝުމައިލާގެ އާއިލާ ފުރަތަމަ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެހެންނަމަވެސް އެދެމީހުން އެކަކު އަނެކަކު ދެކެ ވާ ލޯބިފެނި އެ އާއިލާއިން ވަނީ މި ޖޯޑުގެ ކައިވެނި ކުރުވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

5 ޚިޔާލު

  1. ފަކުރު ހީވޭ. ބަފާ ވަރު، ކާފަ ވަރު މީހަކު ރަނގަޅަށް ނުވިސްނޭ އަންހެން ކުއްޖަކުު މޮޔަ ހައްދާލައިގެން އިނދެލީ. ޅަ އުމުރުގަ މިި މަންޖެ ޖެހޭނީ މި މުސްކުޅި ކާފަ ބަލަން. އަަދި ހުވަފަތް ހާލުގަ އުޅެން. މީކީ ރާއްޖެއެއް ނޫން. ދެވަނަ ފަހަރަށްް އިންނާނެ މީހަކު ލިބުމަކީ ވަރަށް ނާދިރު ކަމެއް. ޚާއްސަކޮށް ދަރިޔަކު ހުރިއްްޔާ ވަރަށް ހާލުގަ ޖެހޭނެ. އެކުއްޖާގެ މުސްތަގުބަލާ މެދު ބަފައެއްގެ ހައިސިއްޔަތުން ހިތާމަ ކުރަން.

  2. ކޮމެންޓް ކުރާ މީހުނަށް ކިހިނެއްބާ މިކަންވީ ގޮތެއް އެނގޭނީ…. 100 އަހަރުގެ ފަރަގު ހުއްޓަސް ދެފަރާތުން ޤަބޫލުވެގެން ކުރާ ކަމަށްވަންޏާ ކޮބާ މައްސަލައަކީ؟

  3. ތިކައިވެނީގެ ފަހަތުގަ ކޮންމެވެސް ސިއްރެއް އޮންނާނެ ތިމީހާ ވާނީ ބޮޑު މުއްސަންޖަކައް ޢަމުދުން އިންޑިއާ އަންހެނަކު މުއްސަދި ވެއްޖިއްޔާ ކާފަ އުމުރު މީހަކަސް އޯކޭ ވާނެ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ