- Advertisement -ad image

ކޮވިޑް19- ތަކެތީގެ އަގުތައް އަދިވެސް ދަނީ އުފުލެމުން

ad image

ގުޅުންހުރި ލިޔުންތައް

ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި ތަކެތީގެ އަގު އުފުލުމަށް ދިމާވާ ބައެއް ސަބަބުތަކުގެ ތެރޭގައި: މުދާ ސަޕްލައި ކުރުމުގައިހުރި ދަތިތަކާއި، ޔޫކްރެއިންގައި ހިނގަމުން  އަންނަ ހަނގުރާމައާއި، ވަޒީފާއަށް މީހުން ހޯދުމުގައި ދިމާވާ ދަތިތަކާއި އަދި މުސާރައަށް އައިސްފައިވާ ކުރިއެރުންތައް ހިމެނެއެވެ.

އިނގިރޭސިވިލާތުގެ ރަސްމީ ތަފާސް ހިސާބުތަކަށް ބަލާއިތު، ވޭތުވެ ދިޔަ 30 އަހަރުގެތެރޭގައި، އެގައުމުގައި ދިރިިރިއުޅުމުގެ އަގުވަނީ ހުއްޓުމެއްނެތި ހަލުވިކަމާއިއެކު އުފުލިފައެވެ.

ޖުމްލަ ގޮތެއްގައި ގިނަ ޢަދަދެއްގެ މުދަލުގެ އަގުތަށް އުފުލިފައިވާއިރު، މައިގަނޑު 5 ބާވަތެއްގެ މުދަލުގެ އަގަށްވަނީ ހީނުކުރާ ވަރުގެ ބޮޑު

ބަދަލެއް އަައިސްފައެވެ.

1.     ޕެޓްރޯލާއި ޑީސަލް

ތެލުގެ އަގު ކަނޑައަޅަނީ ތެޔޮ ނެގުމަށް ހިނގާ މަސައްކަތުގެ އަގަށް ބަލައިގެންނެވެ. ލޮކްޑައުންގެ ފަހުން އުފެދެމުންއައި ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުކުރެވުމުގެ ސަބަބުން  ޔޫކްރެއިން ހަނގުރާމައިގެ ކުރިންވެސް ތެލުގެ އަގުވަނީ އުފުލެންފަށާފައެވެ.

ނަމަވެސް ރަޝިއާއިން ފަށާފައިވާ ހަނގުރާމައާއި ވިދިގެން މިމައްސަލައިގެ ޙާލަތު މިވަނީ އިތުރަށް ގޯސްފައެވެ. ރަޝިއާއަކީ ދުނިޔޭގެ ނިސްބަތުން އެންމެގިނައިން ތެޔޮ ބޭރުކުރާ ޤައުމަށް ވީނަމަވެސް މިހނަގުރާމައާއި ގުޅިގެން ހުޅަނގުގެ ޤައުމުތަކުންވަނީ ރަޝިއާއިން ތެޔޮގަތުމާއި ދެކޮޅު ހަދައިފައެވެ.

އެމެރިކާއިން ވަނީ ރަޝިއާއިން ތެޔޮ އެތެރެކުރުން ހުއްޓާލާފައެވެ. އަދި އިންގިރޭސިވިލާތުންވަނީ މިއަހަރު ނިމުމުގެ ކުރިން ރަޝިއާއިން ތެޔޮ އެތެރެކުރުން ހުއްޓާލާނެކަން ހާމަކޮށްފައެވެ. އީޔޫ އިންވެސް ދަނީ ރަޝިއާގެ ތެލަށް ބަރޯސާވުން މަދު ކުރުމަށް މަސައްކަތްކުރަމުންނެވެ. ވުމާއިއެކު ތެލުގެ އަގުވަނީ ޑިމާންޑާއިއެކު ހަލުވި މިނެއްގައި އުފުލެން ފަށާފައެވެ. އިނގިރޭސިވިލާތުން އެތެރެކޮށްފައިވާ މުދަލަަށްބަލާއިރު ރަޝިއާއިން އެތެރެކޮށްފައިވަނީ ސާފުނުކުރާތެލުގެ 6 އިންސައްތަ އަދި ޑީސަލްގެ 18 އިންސައްތައެވެ. ނަމަވެސް ފެބްރުއަރީ މަހުންފެށިގެން އެވްރެޖްކޮށް ޑީސަލްގެ އަގުން 18 އިންސައްތަވަނީ އުފުލިފައެވެ. އަދި ގޭހުގެ އަގުވަނީ 11 އިންސައްތަ އުފުލިފައެވެ.

2.     ހަކަތައިގެ އަގު

ކޮވިޑާއިގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނައްތާލުމާއިއެކު ގްލޯބަލް ޑިމާންޑް ކުއްލިއަކަށް އުފުލުމުން ގޭހުގެ އަގުވަނީ އުފުލިގެން ގޮސްފައެވެ. ގޭސް އެންމެގިނައިން އުފައްދާ ޤައުމުކަށްވާ ރަޝިއާއިން ޔޫކްރެއިންއާއި ދެކޮޅަށް ފަށާފައިމިވާ ހަނގުރާމައިގެ ސަބަބުން ގޭހުގެ އަގުވަނީ އިތުރަށް އުފުލިފައެވެ.

ނިސްބަތުން އިނގިރޭސިވިލާތުން، ރަޝިއާއިން އެތެރެކުރާ ގޭސް މަދުނަމަވެސް ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގަށް އަންނަމުންދާ ބަދަލާއި ގުޅިގެން އިނގިރޭސިވިލާތައް މިކަމުގެ އަސަރުދަނީ ކުރަމުންނެވެ.

ޔޫރަޕްގެ ބައެއް ގައުމުތައް ކަމަށްވާ އިންގްލެންޑް ވޭލްސް އަދި ސުކޮޓްލޭންޑުންވަނީ  ހަކަތައިގެ ބިލްތަކަށް ގޭބިސީއަކުން އަހަރެއްގެ މަށްޗަށް ނެގޭނެ އެންމެ ބޮޑު އަގެއްގެ ގޮތުގައި  700 ޕައުންޑް ވަނީ  މި އޭޕްރީލް މަހު ހަމަ ޖައްސާފާއެވެ.މިކަމުގެސަބަބުން އެނާރޖީ ބިލްތަކުގެ އަގުވަނީ އުފުލިގެން ގޮއްސަ އެވެ.ހަކަތައިގެ އަގު އުފުލުމާއި ގުޅިގެން ވިޔަފާރި ކުރާފަރާތްތަކަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި ވިޔަފާރިކުރާ ފަރާތް ތަކުގެ އަތުން ނެގޭނެ އެންމެ ބޮޑު އަގު ހަމަޖެހިފައެއް ނުވެއެވެ.

އިނގިރޭސި ވިލާތުގެ ސިޓީީއެއް ކަމަށްވާ ގްރޭޓަރ މެންޗެސްޓާރ ގެ އިކްލެސް ގައި ޕިއްޒާ ވިއްކާ ތަނެއް ހިންގަމުން އަންނަ ފަރާތެއް ކަމަށްވާ ޕައުލްވައިޓް ބުނީ އުފުލެމުން އަންނަ ތެލާއި ކާބޯތަކެތީގެ އަގާއި ގުޅިގެން އޭނާގެ ވިޔަފަާރިން ހަފްތާއެއްގެ މައްޗަށްވަނީ 500 ޕައުންޑް ހަކަތައަށް ހަރަދުކުރަން ޖެހިފައެވެ. ” މިފަހަކަށް އައިސް ޚަރަދުތައް ފޫބެއްދުމަށްޓަކައި ހަފްތާއެއްގެ މައްޗަށް އަހަރުމެން އެބަޖެހޭ 1400 ޕައުންޑް އިތުރަށްް ހޯދަން” އޭނާ ބީ.ބީ.ސީ އަށް މަޢުލޫމާތު ދެމުން ބުނެފައި ވެއެވެ. އަދި އިތުރުވެފައިވާ ޚަދަރުތައް ފޫބެއްދުަމަށްޓަކައި ޚިދުމަތް ހޯދާ ކޮންމެ ފަރާތެއްގެ އަތުން 50 ޕެނީސް އާއި 1 ޕައުންޑާއި ދެމެދުގެ އަދަދެއް އިތުރަށް ނަގަންޖެހިފައިވާ ކަމަށްވެސް ބުންޏެވެ.

3.     ފަރުނީޗަރު

ރޯމެޓީރިއަލްގެ އަގު އުފުލުމާއި ސަޕްލައި ކުރުމުގައިހުރި ދަތިތަކާއި އަދި އުފުލުމަށް ހިނގާ ޚަރަދުގެ ސަބަބުން ފަރުނީޗަރުގެ އަގުވަނީ އުފުލިފައެވެ. ގްލޯބަލް ޝިޕިންގް ނިމިދިޔަ ޕެނަޑަމިކް އަށްފަހު އުފެދިގެންއައި ޑިމާންޑާއިގުޅިގެން ޝިޕިންގްކުރާ ކުންފުނިތަކަށް ރީޓެއިލް ވިޔަފާރިތަކުން ދަތުރު ޚަރަދުގެ ގޮތުގައި ކުރަންޖެހުނު ޚަރަދުވަނީ ބޮޑުވެފައެވެ. ޢިމާރާތްކުރުމާއިގުޅޭ ސަޕްލައި ކުރާ ފަރާތެއް ކަމަށްވާ “ޓިމްކޯ” އިން ބީ.ބީ.ސީ އަށް މަޢުލޫމާތު ދީފައިވާ ގޮތުގައި މީގެ ކުރިން ކޮންޓެއިނަރަކަށް 1000 ޑޮލަރު ދެއްކި ނަމަވެސް އުތުރަށް ކުރެވޭ ސަޕްލައި ކޮންޓެއިނަރަކަށް 10،000 ޑޮލަރުވަނީ ދައްކަން ޖެހިފައެވެ. ވޭތުވެ ދިޔަ ހަފްތާގެ ތެރޭގައި، ލަކުޑި، ފޮތި، ފޯމް އަދި މައުދަނުގެ އަގުތައް ބާރުމިނުގައި އުފުލެން ފަށާފައިވާ ކަމަށް ފަރުނީޗަރު އިންޑަސްޓްރީ ތަމްސީލްކުރާ ފަރާތް ކަމަށްވާ ” ދަ ބްރިޓިޝް ފަރުނީޗަރު މެނުފެކްޗަރސް އެސޯސިއޭޝަން” އިން ވަނީ ހާމަކޮށްފައެވެ.

ހަކަތައާއި ތެލުގެ އަގު އަދި މަސައްކަތްތެރިންގެ އުޖޫރައިގެ އަގު އުފުލުމާއި ގުޅިގެން އެ އެސޯސިއޭޝަންގެ މެމްބަރުންނަށް އަސަރު ފޯރާކަމަށްވެސް ވަނީ ބުނެފައެވެ. އުފެއްދުންތެރިކަމުގެ އަގު އުފުލުމާއި ގުޅިގެން ރީޓެއިލް ވިޔަފާރިކުރާ ފަރާތަކުންވަނީ ތަކެތީގެ އަގުބޮޑުކޮށް މުދާ ގަންނަ ފަރާތްތަކަށް ވިއްކަން ފަށާފައެވެ. މިދިޔަ އަހަރުގެ ފަހުކޮޅުގައި، އިނގިރޭސިވިލާތުގައި ފަރުނީޗަރުގެ ވިޔަފާރިކުރާ ފަރާތެއްކަމަށްވާ ” އިކެއަރ” އިން ބުނީ ސަޕްލައިގެ އަގަށްއައި ބަދަލާއި ގުޅިގެން އެމީހުންގެ ފިހާރަތަކުން ވިއްކަމުންދާ ތަކެތީގެ އަގު 10 އިންސައްތަ ބޮޑުކޮށްފައިވާ ކަމަށެވެ. ރޯ މެޓީރިއަލް އަދި ދަތުރުފަތުރުގެ އަގު ބޮޑުވުމުގެ މައްސަލަވެސް ތަކެތީގެ އަގު ބޮޑުވުމާއި ގުޅިފައިވާ ކަމަށް އެފަރާތުންވަނީ ބުނެފައެވެ.

4. ތެލާއި ސަރުބީގެ އަގު

އިނގިރޭސިވިލާތުގެ ގައުމީ ތަފަސްހިސާބުތަކާއިބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މާރޗްމަހު ތެލާއި ސަރުބީގެ އަގުވަނީ 7.2 އިންސައްތަ އުފުލިފައެވެ. މީ މީގެ އަހަރެއްގެ ކުރިއަށްބަލާއިރު ¼ އެއްބައިގެ ބޮޑުވުމެކެވެ.

ޔޫކްރެއިން އަދި ރަޝިއާއަކީ ޔޫރަޕްގައި ސަންފްލާރވަރ ތެޔޮ އެންމެ ގިނައިން އުފައްދާ ދެޤައުމެވެ. ނަމަވެސް މިދެޤައުމުގެ ހަނގުރާމައާއިގުޅިގެން ދެގައުމުން ބޭރުކުރާ ތެލުެ ނިސްބަތް މަދުވުމާއި ގުޅިގެން އަގުތައްވަނީ އުފުލިފައެވެ.

އިނގިރޭސިވިލާތުގައި އެންމެ ގިނައިން ކެއުމަށް ބޭނުންކުރާ ތެޔޮ ބަންދުކުރާ ފަރާތްކަމަށްވާ “އެޑިބަލް އޮއިލް” އިން ބުނެފައިވަނީ ސަންފްލާވާރ ތެޔޮ ހުސްވުމާއި ގާތްވެފައިވާ ކަމަށެވެ. މިސަބަބާހުރެ ބައެއް ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުން ވަނީ ސަންފްލާރަވާރ ތެލުގެ ބަދަލުގައި ” ރެޕްސީޑް އޮއިލް” އާއި އެހެނިހެން ބާވަތްތައް ބޭނުންކުރަން ފަށާފައެވެ. މިބާވަތްތަކުގެ ޑިމާންޑް އުފުލެމުންދިއުމާއިއެކު  އަގުވެސް ވަނީއުފުލެން ފަށާފައެވެ.

އިނގިރޭސިވިލާތުގައި ޗިޕްސް އުފައްދާ ކުންފުންޏެއްކަމަށްވާ ” ބްރިޓިޝް ސްނެކް ކޮމްޕެނީ” ގެ ވެރިޔާ ޓޮމް ލޮކް ބުނީ އެކުންފުނީގެ އުފެއްދުންތައް ތައްޔާރު ކުރުމަށްޓަކައި “ރެޕް ސީޑް އޮއިލް” ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

ޓޮމް ބީ.ބީ.ސީ އަށް މަޢުލޫމާތު ދެމުންވަނީ ބުނެފައިވަނީ ” މިއީ ވަރަށް އުނދަގޫ ޙާލަތެއް. އެންމެންވެސް މިކުރަނީ އެއްކަމެއް. ސަންފްލާރވަރ ތެޔޮ މިވަގުތު ލިބުމަކީ ނާދިރުކަމެއް. އަދި ” ރެޕް ސީޑް އޮއިލް” ވެސް ހޯދުން މިވަނީ ދަތިކަމަކަށް މިވަނީ ވެފައި. ސަބަބަކީ މިވަގުތު އެންމެންގެވެސް ވިސްނުމަކީ އެއްވިސްމުކަމަށްވުން. އެހެންވީމައި އަގުތައް މިދަނީ ރޮކެޓެއް ދާހައި ބާރުމިނުގައި އުފުލެމުން.”

5. ގަސް ކާނާގެ އަގު

ގަސްކާނާއަކީ ރަޝިއާއިއިން އުފައްދައި އެންމެގިނައިން ބޭރުކުރާ އެއްބާވަތްނަމަވެސް ޔޫކްރެއިން އަދި ރަޝިއާގެ ހަނގުރާމައިގެ ސަބަބަުން މިތަކެތީގެ އަގުވެސް މިވަނީ އުފުލިފައެވެ. މީގެ ސަބަބުން ގެރިބަކަރި ގެންގުޅޭ ފަރާތްތަކުން އެތަކެއްޗަށް ކުރަންޖެހިފައިވާ ޚަރަދު ބޮޑުވެ،  ކިރާއި ކިރުގެ ބާވަތްތަކުގެ އަގުދަނީ އުފުލެމުންނެވެ.

އިނގިރޭސިވިލާތުގައި ކިރުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ފަރާތެއް ކަމަށްވާ “އަރްލަރ ފުޑްސް” އިން ބުނާ ގޮތުގައި، ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ޖަނަވާރުންނަށް ކާންދޭ ތަކެއްޗާއި، ތެެލާއި، އަދި ގަސްކާނާގެ އަގު މިވަނީ އަރައިގެން ގޮސްފައެވެ. “އޮކްސްފޯޑް ޝިރ” ގައި މަސައްކަތްކުރާ “އަރްލރ” ކުންފުނީގެ ފަރާތެއް ކަމަށްވާ ޑޭވިޑް ކްރިސްޓިނިސެން ބުނީ ގަސްކާނާއަށް ކުރަމުންއައި ޚަރަދު ޓަނަކަށް ޖެހޭ އަގު 350 އިން 900 ޕައުންޑަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ތެލަށް ކުރާ ޚަރަދުވެސް ދެގުނަ އަށްވުރެ ބޮޑުވެފައިވާކަމަށެވެ.

“އަރްލަރ” އިން ބުނެފައިވަނީ އެކުންފުނީގެ ކިރުގެ ބާވަތްތައް އުފައްދާ ފަރާތްތަކަށް އެ ކޮމްޕެނީއިން ދައްކަންޖެހޭ އަގު ބޮޑުކުރަން ޖެހުމާއިއެކު، އެކުންފުނީގެ އުފެއްދުންތަކުގެ އަގުވެސް ބޮޑުކުރަން ޖެހިފައިވާ ކަމަށެވެ.

މިދިޔަ މަރޗް މަހު ތާޒާ ކިރުގެ އަގު 1.7 އިންސައްތަ މައްޗަށް ވަނީ އުފުލިފައެވެ. މިއީ މީގެ 1 އަހަރު ކުރިއަށްވުރެ 13.2 އިންސައްތައިގެ ބޮޑުވުމެކެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ